ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ މަންމާފުޅު ޒަމީރާ އުމަރު މިއަދު އަވަހާރަވެއްޖެއެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީސްމީޑިއާގައި މަރުޙޫމާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މި ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުުރުން ރައީސް ވަނީ މަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.
ރައީސް މުއިއްޒުގެ އިތުރުން، ގިނަ ބަޔަކު ދަނީ މަރުޙޫމާގެ އާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.




