މަގުމަތީގައި ބަހައްޓާފައިހުރި ކޯނެއްގައި ޖެހި، އެކްސިޑެންޓުވެގެން ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލެއިން މާލެއަަށް އަންނަ ލޭނުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައިހުރި ކޯނެއްގައި ޖެހި، މިއަދު ހެނދުނު 8:19 ހާއިރު ދުއްވާފައިދިޔަ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓުވީ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި ނަމަވެސް ފަރުވާދެމުން ދަނިކޮށް މިއަދު 9:05 ހާއިރު އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ.



