ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީ ޚިދުމަތްތައްދޭ ފިޒިއޯ ކްލިނިކްގެ ބްރާންޗެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.
ފިޒިއޯ ކްލިނިކަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ނަން މަޝްހޫރު އެއް ތެރަޕީ ސެންޓަރެވެ. އެ ކްލިނިކްއިން ދޭ ތެރަޕީތަކުގެ ތެރޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ހިމެނެއެވެ.
މީގެއިތުރުން އެތަނުގައި ކުދިންގެ ސައިކޮލޮޖިކަލް އެސެސްމަންޓު ހަދައިދިނުމުގެ އިތުރުން ކުދިންނާއި ބެލެނިވެރިންނަށް ވެސް ބޭނުންވާ ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ފިޒިއޯ ތެރަޕީ ވެސް ދެއެވެ.
މާލޭގެ އިތުރުން ފިޒިއޯ ކްލިނިކުން މިހާރު ވަނީ ހުޅުމާލޭގައި ވެސް އެކްލިނިކުގެ ބްރާންޗެއް ހުޅުވާފައެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ތެރަޕީގެ ޚިދުމަތް ހޯދުމަށްޓަކައި ފަހިކޮށްދިން ފުރުސަތެއް ކަމުގައި އެ ކްލިނިކުގެ މެނޭޖްމަންޓުން ފާހަގަ ކޮށްފައިވެއެވެ.

ފިޒިއޯ ކްލިނިކުން އަލަށް ހުޅުވި މި ބްރާންޗު ހުންނަނީ، ހުޅުމާލޭ ރީތިގަސްމަގު، އެފްޑަބްލިޔު ރެސިޑެންސް (ސްކެޗަރސް ފިހާރަ ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ގައެވެ.




