ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް މިހާރު އަލުން ކަރަންޓު ދީފިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މުޅި މާލެއިން ކަރަންޓުގެ ހިދުމަތް މިއަދު ހެނދުނު ވަނީ މެދުކެނޑިފައެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރިން ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމުގައެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް މިހާރު ދީފައިވާ ކަމަށެވެ.
އަދި ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ ސްޓެލްކޯގެ އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް އެކުންފުނިން އެދިފައިވެއެވެ.




