ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލައްވައި، އައު މިނިސްޓްރީގެ ވެރިޔަކަށް ޠާރިޤު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ހާޒިރުގައި، އައު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ގޮތުގައި ޠާރިޤު އިބްރާހީމް އައްޔަން ކުރައްވާފައެވެ.
އެއަށްފަހު، ރައީސް ވަނީ މިނިސްޓަރު ޠާރިޤު އިބްރާހީމަށް މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރެއްވާފައެވެ.
މި ބަދަލާ ގުޅިގެން، ކުރިން ވަކިން ހިންގަމުން އައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް މިހާރު ވަނީ އެއްކުރެވިފައެވެ.
ރަސްމިއްޔާތު ނިމުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައު މިނިސްޓަރާ ބައްދަލުކުރައްވައި، ތިމާވެށްޓާއި ފަތުރުވެރިކަމުގެ ދާއިރާ ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރުމުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވާފައެވެ..



