އއ. އުކުޅަސް އަށް ޗުއްޓީ ހޭދަކޮށް އައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުކުޅަސް އަށް ޗުއްޓީއަށް އައިސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާކަމުގެ ރިޕޯޓު މިއަދު ހަވީރު 5:20 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުޒްބަކިސްތާނަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރައްވަމުންނެވެ.




