ސަރުކާރާއި މޯލްޑިވްސް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ވެފައިވާ އެއްބަސްވުމައް އަމަލު ނުކުރާނަމަ، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވާން ޖެހިދާނެ ކަމަށް އެ ޕާޓީން މިއަދު އިންޒާރު ދީފިއެވެ.
އެމްޑީއޭގެ އެމްޑީއޭގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ’އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ދެމެދު ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެކިފަހަރު މަތިން މަޝްވަރާކޮށް، އެއްބަސްވި އެގްރިމެންޓަށް އިހުތިރާމުކޮށް އަމަލު ކުރެއްވުމަށެވެ.
”… އެމްޑީއޭގެ ލޮބުވެތި ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެމްޑީއޭ އިން ލިބުނު އެހީތެރިކަން މަތިން ހަދުމަނެތި، އެއްބަސްވުމައް އަމަލު ނުކުރައްވާ ނަމަ، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވާން ޖެހިދާނެ“ އައްބާސް ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީއޭގެ 19 މެންބަރުން މިދިޔަ އޮކްޓޯބަރުގައި ވަނޚ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަށް އަލުން ވަޒީފާ ދިންކަމަށް ވެސް އެނގިފައިވެއެވެ.




