ފަލަސްތީނުގެ ބަކަރިހުއިހައްޕާ ބަޔަކަށް އިޒްރޭލު ސިފައިންތަކަކާއި ވަޒަންވެރިންތަކެއް ހަމަލާ ދީފިއެވެ.
ވަފާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން އެމީހުންނަށް ހަމަލާ ދީފައިވަނީ ނަހާލިން އަވަށު ކައިރީގައި އޮންނަ އީން ފާރިސްގައި، ބަކަރިތައް އެއްކުރަމުންދިޔަ ވަގުތުގައެވެ.
އިޒްރޭލުން އެމީހުންނަށް ހަމަލާ ދީފައިވަނީ ދަނޑިބުރިތަކަކާއި ރައިފަލް ބޭނުން ކޮށްގެން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާގެ ސަބަބުން އެކަކު ވަރަށް ބޮޑަށް ޒަހަމްވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ނަހާލިން މުނިސިޕަލް ކައުންސިލުގެ ހެޑް ޖަމާލް ނަޖާޖްރާ ވަފާއަށް މައުލޫމާތު ދެމުން ބުނީ، އިޒްރޭލުން ދިން މި ހަމަލާގެ ސަބަބުން ފަލަސްތީނުގެ އެހެން ރައްޔިތުންނާ ދެމެދު ކުރިމަތިލުމަކަށް ވެސް ދިޔަ ކަމަށާއި އަދި އިޒްރޭލު ސިފައިން ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ ވެސް ބޭނުން ކުރި ކަމަށެވެ. ނަމަވެސް އިތުރު މީހަކު ޒަހަމް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ވަފާ އިން ބުނެފައިވާ ގޮތުގައި، ފަލަސްތީނު ދޫކޮށް މިސްރަށް ހިޖުރަކުރާ ބައެއް ރައްޔިތުންނަށް އީން ފާރިސް ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ވަޒަންވެރިން ދަނީ މިފަދައިން ދުއްތުރާކޮށް، ހަމަލާތައް ދެމުންނެވެ.



