އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ ”ރޯދަ ސޭލް“ ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއެކު ފަށައިފިއެވެ.
2025 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން ބާއްވާ މިސޭލް މިއަދު ރަސްމީކޮށް ފަށައިފައިވާއިރު، މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޑިރެކްޓަރ މުޙައްމަދު އީމާން އާއި ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރ ޒައިދު މުޙައްމަދެވެ.
އެސްޓިއޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮމޯޝަން 31 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މީގެއިތުރުން، މި އަހަރުގެ ރޯދަ ސޭލްގައި ކަސްޓަމަރުންނަށް ލިބޭަށް ލިބޭ ޚާއްޞަ ޑިސްކައުންޓްތަކުގެ ތެރޭގައި ނިޕޯން ޕެއިންޓުން %20 އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން %50 ގެ ޑިސްކައުންޓް ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް އެސްޓިއޯއިން ބުނެފައިވެއެވެ.
ވެލިގާ ހާޑްވެއަރ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވެފައިވާކަމީ މި އަހަރުގެ ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވޭކަންތައް ކަމުގައި އެސްޓިއޯއިން ބުނެފައިވެއެވެ. އަދި މި ސޭލްގެ ބޮޑު އިނާމުގެ ގޮތުގައި، ދެ ލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެންދާނެ ކަމަށް ވެސް އެސްޓިއޯއިން މައުލޫމާތުދެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓްތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.



