ހިޒްބުﷲ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުﷲ ގެ ޖަނާޒާ ރަސްމީކޮށް މިމަހު 23 ގައި ބާއްވާ، އެ ދުވަހު އޭނާގެ ހަށިގަނޑު އަލުން ފަސްދާނު ލެވޭނެ ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.
ނަސްރުﷲ ވަނީ ހިޒްބުﷲ ޖަމާއަތުގެ ސެކްރަޓަރީ ޖެނެރަލް ކަމުގެ މަގާމު 30 އަހަރު ވަންދެން ކޮށްފައެވެ.
އިޒްރޭލުން ލުބްނާނަށް ދިން ވައިގެ ހަމަލާތަކެއްގައި ނަސްރުﷲ އަވަހާރަވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، ލުބްނާންގެ ވެރިރަށް ބެއިރޫތުގައެވެ.
އެ ޖަމާއަތުގެ އެހެން ލީޑަރެއް ކަމަށްވާ ނައީމް ގާސިމް ބުނީ، ހާލަތު އެވަގުތު ހުރި ގޮތުން ފުރިހަމަ ނަސްރުﷲ ގެ ފުރިހަމަ ޖަނާޒާއެއް ބޭއްވިފައި ނުވާ ކަމަށާއި އެހެންކަމުން ދީނަށް ތަބަޢާވުމުގެ ގޮތުން ވަގުތީ ގޮތުން އޭނާ ވަޅުލީ ކަމަށެވެ.
އެހެންކަމުން އެ ޖަމާޢަތުގެ ބައިވެރިންނާއި އާންމުންވެސް ބައިވެރިކޮށްގެން ފުރިހަމަ ޖަނާޒާއެއް ނަސްރުﷲ އަށާއި ހާޝިމް ސަފީއުއްދީނަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނައީމް ބުންޏެވެ.
ހާޝިމް އަކީ ވެސް ހިޒްބުﷲ ގެ ލީޑަރެކެވެ. އޭނާ ވެސް ވަނީ އިޒްރޭލުން ދިން ހަމަލާގައި އަވަހާރަވެފައެވެ. އިޒްރޭލުން ހާޝިމް އަވަހާރަކޮށްލާފައިވަނީ ނަސްރުﷲ އަށްފަހު އެ ޖަމާޢަތް ހިންގުން ހާޝިމްއާ ހަވާލުކުރިތާ މާ ގިނަދުވަހެއް ނުވެއެވެ.



