މާލޭގައި މިއަދު ހަވީރު ހަމަނުޖެހުމެއް ހިނގައި، ފުލުހުން އެސަރަހައްދަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން ފިލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ ބޮޑުރަސްގެފާނު މަގުގައި ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ މިއަދު ހަވީރު 05:42 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.



