ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ ބާލަސުބްރަމާނިއަމް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުންވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.
އިންޑިއާއަކީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ.


