އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް މަރުތޭލަކުން ރޭގައި ބަޔަކު ދިން ހަމަލާގައި، އެ ހަމަލާ ހުއްޓުވަން އުޅުނު ފުލުހަށް ވެސް ހަމަލާދިންކަން ހާމަވެއްޖެއެވެ.
ކަނބާއައިސާރަނި ހިނގުމުގައި (އައިޖީއެމްއެޗް) ކައިރީގައި ހުރި މީހަކަށް ސައިކަލަކުން އައި ދެމީހަކު މަރުތޭލަކުން ހަމަލާ ދީފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 8:41 ހާއިރެވެ.
މި މާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަކަމަށް ފުލުހުން ރޭގައި ވިދާޅުވެފައިވެއެވެ.
މާރާމާރީ ހިނގި ވަގުތު އެކަން ހުއްޓުވުމަށް ހަރަކާތްތެރިވީ ފުލުހަށް ވެސް މާރާމާރީ ހިންގި މީހުން ހަމަލާ ދީފައިވާކަން މިއަދު ވަނީ ހާމަވެފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މާރާމާރީ ހުއްޓުވުމަށް އެތަނުގައި ހަރަކާތްތެރިވީ ފުލުހެއްގެ އުޅަނބޮއްޓަށް އަނިޔާވެފައިވާ ކަމަށެވެ.



