މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް، ފުނާޑު / އުޑުވިލާގެ، ޢަލީ ހަސަން (34އ) އެވެ.
ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހެންވޭރު، ރޯޝަނީ ގޯޅިން މިއަދު ފުލުހުން ޕެޓްރޯލު ކުރަމުންދިޔަ އިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއި ދެ މޯބައިލް ފޯނުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




