މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ރިޝްވާން އައްޔަންކޮށްފިއެވެ.
މިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ބޯޑު ޑިރެކްޓަރުގެ މަޤާމަށް ރިޝްވާން ވަނީ މިއަދު ޢައްޔަންކޮށްފައިވާ ކަމަށެވެ.
ރިޝްވާނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
މީގެ ކުރިން އެމްޕީއެލްގެ އެމްޑީގެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމް ވަނީ މިދިޔަ އާދީއްތަ ދުވަހު މަޤާމުން ވަކިކުރެވިފައެވެ. ނަމަވެސް ވަޖީހު މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީ އިން ހާމަކޮށްފައެއް ނުވެއެވެ. ވަޖީހު އެ މަޤާމަށް ޢައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.




