ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ބޭރު ޤައުމުތަކަށް ކުރާ ދަތުރުތައް އިތުރަށް ފުޅާކުރުމަށްޓަކައި އައު ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ
މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، އެއަރބަސް އޭ-330-220 ވައްތަރުގެ މަތިންދާބޯޓެއް ލީސް އުސޫލުން 5 އަހަރުގެ މުއްދަތަށް ހޯދުމަށް އެކުންފުނިން ބޭނުންވެއެވެ.
އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ކުރިއަށް އޮތް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އައިއޭއެސްއިން ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ހުސްވި މަހު ވެސް އައު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް، ޗައިނާގެ ތިން ސިޓީއަކަށް ހަފްތާއަކު ތިން ދަތުރު ކުރަން ފަށާފައިވާކަމެވެ. މި ދަތުރުތައް ކުރެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ބެއިޖިންގ، ޗެންގްޑޫ އަދި ޝަންހާއީ އާ ދެމެދުއެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް އޮޕަރޭޓްކުރަން ނިންމާފައިވާކަން ކުރިން އިޢުލާންކޮށްފައެވެ.




