ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ-ޖެނެރަލް އަދި ބޮޑުވަޒީރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރައީސް މުޢިއްޒު ވަނީ ގްރެނާޑާގެ ގަވަރނަރ-ޖެނެރަލް ހަރ އެކްސެލެންސީ ޑޭމް ސެސީލް ލަ ގްރެނާޑް، (ޖީ.ސީ.އެމް.ޖީ، އޯ.ބީ.އީ) އާއި ގްރެނާޑާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑިކޮން މިޗެލް އަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ގަވަރނަރ-ޖެނެރަލް ލަ ގްރެނާޑް އާއި ބޮޑުވަޒީރު މިޗެލްގެ ދުޅަހެޔޮ ޞިއްޙަތަށް އެދިވަޑައިގެންފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ގްރެނާޑާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ގްރެނާޑާގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. މިއަހަރަކީ ގްރެނާޑާ މިނިވަންވިތާ 50 އަހަރު ފުރޭ އަހަރެވެ.
ރާއްޖެއާއި ގްރެނާޑާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 1985 ވަނަ އަހަރުއެވެ. ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިފަދަ ތަހުނިޔާގެ މެސެޖުތައް ފޮނުއްވަމުން ގެންދަވައެވެ.


