ރ. މީދޫގައި މަގުމަތީގައި ކުޑަކުދިންތަކެއް އަޑުގަދަކުރުމުން ނަސޭޙަތް ދިން ފުލުހަކާމެދު ތުހުމަތުތަކެއްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 6 ފެބްރުއަރޫ 2025 ވަނަ ދުވަހުގެ ރޭ މީދޫ މަގުމަތީގައި އަޑުގަދަކޮށް، ހަޅޭލަވަމުންދިޔަ ކުޑަކުދިންތަކަކަށް، އެގޮތަށް ކަންތައް ނުކުރުމަށް އޮފް ދިޢުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެދުމުން، ހަމަނުޖެހުން ހިނގައި، އެ ފުލުހަށް ހަމަލާދީފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެގޭތެރެއިން ކުއްޖަކަށް ފުލުސްމީހާ އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކޮށްފައިވާތީ އެ މައްސަލަވެސް ބަލަމުންގެންދާ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ފުލުސް މީހާއަށް ހަމަލާދިން ކުއްޖާ ކޮންޓްރޯލު ކުރުމުގައި އަމަލުކޮ|ށްފައި ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.



