ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލި މީހާގެ މައްޗަށް ދައުވާކުރުމާމެދު މަޝްވަރާ ކުރަން ހުށަހަޅައިފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ، ފުވައްމުލަކު، ފުނާޑު، ހެޕީލައިފް / ރިޟުވާން ޢަލީ (21އ.) އެވެ.
އެނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން، އިތުރު ފަސް ދުވަސް މިހާރު ވަނީ ޖަހާފައެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، ރިޟުވާން ކުށްކުރި ކަމަށް ތުހުމަތު ކުރޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ. އޭނާއަށް ތުހުމަތު ކުރެވެނީ ޖަނަވަރީ މަގު ވެލިގާ ހާޑްވެއާ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި ކަމަށެވެ. ސައިކަލުގައި ރޯކޮށްލި ކަމަށް އިއުތިރާފުވެ، އެއީ ’ބަގުރާ ބޮއެގެން‘ ހުރެ ކުރެވުނު ކުށެއް ކަމަށް ރިޟުވާން ބުނެފައިވާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ.



