މިއަދު ބޭއްވި ދެ ރަށެއްގެ ކައުންސިލު އިންތިހާބާއި 10 ރަށެއްގެ ޑަބްލިޔުޑީސީ އިންތިހާބުން ސަރުކާރު ހިންގާ ޕީއެންސީން ބޮޑު ކާމިޔަބީއެއް ހޯދައިފިއެވެ.
މިއަދު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ:
° ހދ. މަކުނުދޫ ކައުންސިލް މެންބަރާއި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ބައި-އިލެކްޝަން، އަދި
° ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން، ގެ އެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބޭއްވި މޮ އިންތިހާބު ކާމިޔާބު ކުރީ ހދ. މަކުނުދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލި، އިބްރާހިމް މުހައްމަދު އާއި ނ. ލަންދޫ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑިއަށް ޕީއެންސީން ކުރިމަތިލި އާތިފާ މޫސާ އެވެ.
އިބްތިހާބުގެ ކާމިޔާބު ކުރި ގޮތުގެ ތަފްސީލު:
– ހދ. ހިރިމަރަދޫ – ޕީއެންސީ ކެންޑިޑޭޓު، ފަހީމާ އަބްދުﷲ
– ނ. ލަންދޫ – ޕީއެންސީ ކެންޑިޑޭޓު، އާތިފާ މޫސާ
– ނ. މިލަދޫ – އެމްޑީޕީ ކެންޑިޑޭޓު، އައިމިނަތު އަޒުމާ
– ރ. އިންނަމާދޫ – ޕީއެންސީ ކެންޑިޑޭޓު، އައިޝަތު އީސާ
– ބ. ގޮއިދޫ – ޕީއެންސީ ކެންޑިޑޭޓު، ނަޖުވާ ފާރޫގް
– އދ. ހަންޏާމީދޫ – އެމްޑީޕީގެ ކެންޑިޑޭޓު، ހަދީޖާ އިބްރާހިމް
– ދ. ހުޅުދެލި – އަމިއްލަ ގޮތުން، ފާތުމަތު ރިސާލާ
– ލ. ގަން – ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު އަފްރާހް
– ތ. ބުރުނީ – ޕީއެންސީ ކެންޑިޑޭޓު، ރުގިއްޔާ ރަޒީނާ
– ގއ. ކަނޑުހުޅުދޫ – ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު ޝިފާނާ


