ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 48 ދަޅު ހިމެނޭ މަސްކޭހެކެވެ. މި މަސައްކަތް ހިންގަނީ އިދާރީ ދާއިރާތަކާބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން، އެސްޓީއޯ އާއި ކައުންސިލްތަކުގެ އެހީތެރިކަމާއެކުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ހަދިޔާ ދެއްވުމަށް ނިންމެވި ކަމުގެ އިޢުލާން ކުރެއްވީ، ސަރުކާރަށް އަހަރެއް ފުރުނު މުނާސަބަތުގައި ބޭއްވުނު ޖަލްސާގައެވެ.
ފާއިތުވި އަހަރުގެ ރަމަޟާން މަހު، ސަރުކާރުން ގޭބިސީތަކަށް ކާޑުގެ ބާވަތްތަކުގެ އިތުރުން ފެނާއި ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.



