ހުޅުމާލެ ދެވަނަ ފިޔަވަހި ސްޓެލްކޯ ’ސީ‘ ޓަވަރު ގެ ބިއްދޮށްފަޅީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހި ސްޓެލްކޯ ’ސީ‘ ޓަވަރު ގެ ބިއްދޮށްފަޅީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެޒުވާނާ ވެއްޓިފައި ވަނީ 9 ވަނަ ފަންގިފިލާއިން ކަމަށެވެ.
މިހާދިސާގައި ފެނުނު ޒުވާނާގެ ހާލަތާއި ގުޅޭގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓުނީ ހުޅުމާލެ ދެވަނަ ފިޔަވަހި ސްޓެލްކޯ ’ސީ‘ ޓަވަރު މަތިންނެވެ.
އިތުރު ތަފްސީލު އަންނަނީ……




