ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓުގެ 9 ވަނަ ފަންގިފިލާއިން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފްލެޓުން ވެއްޓި މަރުވެފައިވަނީ އިބްރާހިމް ޝަރަފް (24 އަހަރު، ހ. ގިރިރާވި އާގެ) އެވެ.
އޭނާ ވެއްޓިފައިވަނީ އެ ފްލެޓުގެ 9 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާއިރު، މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.




