މިއަދު ހަވީރު ހުޅުމާލެ ދަވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓެއްގެ ނުވަވަނަ ފަންގިފިލާއިން ވެއްޓިގެން، ނިޔާވި ޒުވާނާގެ ފޮޓޯއާއި ހާދިސާގެ މަންޒަރުތައް އާންމު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ެިއިމާރާތަކުން މީހަކު ވެއްޓިފައިވާ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ މިއަދު ހަވީރު އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.
މި ހިތާމަވެރި ހާދިސާގާއި ނިޔާވެފައިވަނީ ހ. ގިނިރާހިއާގެ / އިބްރާހިމް ޝަރަފް (31އ.) އެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގެ އިމާރާތެއްގެ މަތިން ވެއްޓި މީހާކު ނިޔާވި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.



