އަނެއްކާވެސް މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާނުގެ ހާދިސާއެއް މިފަހަރު ހިނގާފައިވަނީ މ. ނިއުޕްލާޒާ ގޭގައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މ.ނިއުޕްލާޒާގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.
ނިއުޕްލާޒާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މި މަހުގެ 9 ވަނަ ދުވަހު ހެނދުނު މާފަންނުގައި ހުރި ފަޅުގެއެއްގައި ބަހައްޓާފައި ހުރި ކުނިތަކެއްގައި ރޯވެގެން ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.



