ޢަދުލުއިންޞާފު ޤާންޞާފު ޤާއިމުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ވަށާޖެހޭ ހައްލުތަކެއް ގެންނަން ޖެހޭ ކަމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
ކުރުނބާ ރިސޯޓުގައި ”އަންލޮކިން ޖަސްޓިސް“ ގެ ނަމުގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަހަކަށް އައިސް މުޖުތަމަޢުގައި ކުށްކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި ކޮންމެ އަހަރަކު އާ 2000 މައްސަލަ ފަނޑިޔާރުންގެ އަތްމައްޗަށް އަންނަ ކަމަށެވެ.
މައްސަލަތައް ގިނަވަމުންދާއިރު، ދިމާވާ ދަތިތަކަށް ހައްލު ނުލިބި ހުރިކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން އަންނަ އިސްނެގުންތަކަށް ޖާގަ ދޭންޖެހޭ ކަމަށާއި، ނިޒާމީ ގޮތެއްގައި ހުރި މައްސަލަތައް ދެނެގަންނަން ޖެހޭ ކަމަށެޭ ކަމަށެވެ. އަދި މި ނިޒާމު ހަރުދަނާކުރުމަށް ގެންނަންޖެހެނީ ޖުމްލަ ހައްލުތަކެއް ކަމަށާއި، މިއީ އާންމު މިންގަނޑުތަކާއި މުޢާޞިރު ބަދަލުތަކަށް ވާންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު މުޅި ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މީގެ ސަބަބުން އިންސާފު ލިބުން އަވަސްވެގެންދާނެއެވެ. އަދި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުންތަކާއެކު، ޖިނާއީ އަދުލުގެ މައްސަލަތައް ދަށު ކޯޓުތަކުން ނިންމުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



