2024 ވަނަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި 4،700 އަށްވުރެ ގިނަ މައްސަލަ ނުނިމި އޮތް ކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.
ސިވިލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މައްސަލަތި މައްސަލަތަކަކީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކެވެ.
ސިވިލް ކޯޓުން މިއަދު ޢާންމުކުރި ހުސްވި އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އަހަރު ނިމުނުއިރު ނުނިމި ހުރި 4،759 މައްސަލައިގެ ތެރެއިން 2،368 މައްސަލައަކީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކެވެ. މީގެ އިތުރުން، އިޚްތިލާފު އުފެދިފައިވާ 2،047 މައްސަލައާއި އިޚްތިލާފެއް ނެތް 344 މައްސަލަ ވެސް ވަނީ ނުނިމި އޮތް ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
މިދިޔަ އަހަރު ސިވިލް ކޯޓުގައި ޖުމުލަ 5،142 މައްސަލަ ރަޖިސްޓަރީކުރެވިފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12.96 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ސިވިލް ކޯޓާއި އެ ކޯޓުގެ ހުޅުމާލެ ޑިވިޝަނުން ޖުމުލަ 5،432 މައްސަލަ ނިންމާފައިވާ ކަމަށާއި، މިއީ 2023 ވަނަ އަހަރަށްވުރެ 17.57 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން 2023 ވަނަ އަހަރު އިޚްތިލާފު އުފެދިފައިވާ 3،268 މައްސަލައިގައި ހުކުމްކޮށް، އިޚްތިލާފެއް ނެތް 621 މައްސަލައާއި ހުކުމް ތަންފީޒުކުރުމުގެ 1،543 މައްސަލަ ބަލާފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ބުނެފައިވެއެވެ.



