ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ އަންހެނަކާއި ފިރިހެނަކު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ 52 އަހަރުގެ ޗަތުރާ ބަހާދުރު ބާޖީ އާއި އިންޑިއާގެ ރައްޔިތެއް ކަމަށްވާ 39 އަހަރުގެ ގީތާ ކުމާރަސާމީ އެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ފިރިހެން މީހާގެ ދައުރަކީ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލަ ތަޙްޤީޤުކުރުމަށްފަހު އަންހެން މީހާ މިހާރު ޑިޕޯޓްކޮށްފައިވާއިރު ފިރިހެން މީހާ ޑިޕޯޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.



