ޣައްޒާއަށް އަލުބް ހަމަލާދޭން ފަށާނެ ކަމަށް ބުނެ އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރުދީފިއެވެ.
ނަތަންޔާހޫ ބުނީ ހަމާސް އިން ހައްޔަރު ކޮށްފައިތިބި އިޒްރޭލު ސިފައިން ވީ އެންމެ އަވަހަކަށް މިނިވަން ނުކޮށްފިނަމަ، ވަރުގަދަ ހަމަލާއެއް ޣައްޒާއަށް ދޭނެ ކަމަށެވެ.
ހަމާސްއިން އިޒްރޭލު ސިފައިން މިނިވަން ކުރުން ވަގުތީގޮތުން ސަަސްޕެންޑު ކުރީ، ހަނގުރާމަ ހުއްޓާލި ކަމަށް އެއްބަސްވުމަށްފަހު ވެސް، އިޒްރޭލުން ފަލަސްތީނު ރައްޔިތުން ގަތުލުކުރަމުން ދިޔުމާ ގުޅިގެން ކަމަށެވެ.
އެމެރިކާގެ ޔަހޫދީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ހަނގުރާމަ އަލުން ފެށުމާ ގުޅޭގޮތުން އިޒްރޭލުން ދިން އިންޒާރަށް ތާއީދު ކޮށްފައެވެ.
ޓްރަމްޕު ބުނެފައިވަނީ، ޣައްޒާ ރައްޔިތުން ޢަރަބި އެހެން ޤައުމުތައް ކަމަށްވާ ޖޯޑަން އަށާއި މިސްރަށް ވީ އެންމެ އަވަހަކަށް ދާއިމީކޮށް ބަދަލު ވުމަށެވެ.
ޓްރަމްޕުގެ އެ ވާހަކަތަކަށް ރައްދުދެމުން ޖޮޑަންގެ ރަސްގެފާނު ޢަބްދުﷲ ވިދާޅުވީ ފަލަސްތީނު ރައްޔިތުން އެމީހުން އަމިއްލަ ވަޒަން ދޫކޮށް ދިޔުމާމެދު ދުވަހަކުވެސް އެއްބަސް ނުވާނެ ކަމަށެވެ.
މިސްރުން ބުނީ ޓްރަމްޕްގެ އެ ނިންމުމާ ގުޅިގެން ޣައްޒާ އާބާދު ވިޔަސް ފަލަސްތީނުގެ ރައްޔިތުން ނިކަމެތިވާނެ ކަމަށެވެ.




