ވޮލީބޯޅަ އެސޯސިއޭޝަން އޮޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްކަމަށް މިހާރުގެ ރައީސް މުހައްމަދު ލަތީފް ހޮވިއްޖެއެވެ.
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުނު އިންތިޚާބުގައި ލަތީފް ހަތަރު އަހަރުގެ އާ ދައުރަކަށް ހޮވިފައިވާއިރު، މިއީ ލަތީފް މިމަގާމަށް ހޮވުނު ތިންވަނަ ފަހަރެވެ.
މިދިޔަ އަހަރު ބޭއްވުނު އިންތިޚާބުގައި ލަތީފް ވަނީ ވީއޭއެމްގެ ރައީސްކަމަށް ހޮވިފައިވެއެވެ. އެއީ އޭރުގެ ރައީސް މުހައްމަދު ރަނޭޝް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު އިންތިޚާބެކެވެ. އެ ދައުރު ނިމުނީ މިއަހަރުގެ އޭޕްރީލް މަހުއެވެ.
އެކްސެކެޓިވް ކޮމިޓީގެ (އެކްސްކޯ) މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ނިމުނުއިރު، އާންމު މެންބަރުންގެ މަޤާމުތައް ފިޔަވައި އެހެން ހުރިހާ މަޤާމަކަށް ކުރިމަތިލެއްވީ އެންމެ ކެންޑިޑޭޓެކެވެ. އެހެންކަމުން، އެ މަޤާމުތަކަށް އިންތިޚާބަކާ ނުލައި ކެންޑިޑޭޓުން ވަނީ ހޮވިފައެވެ.
އާންމު މެންބަރުންގެ ގޮތުގައި ފަސް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގައި ހަ މީހަކު ވާދަކޮށްފައިވާއިރު މި އިންތިޚާބުގައި ތަޖުރިބާކާރު ކޯޗު އަޙްމަދު އަދީލު (ބޭބެ) ނުހޮވެއެވެ.
ސީނިއަރ ނައިބު ރައީސްގެ މަޤާމަށް ހޮވިވަޑައިގެންފައިވަނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) އެވެ.
އިންތިޚާބަށްފަހު ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، މި ދައުރުގައި އެި ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވޮލީގެ ދިގު މުއްދަތުގެ ޕްލޭން ތަންފީޒުކުރުމަށް ކަމަށެވެ. އަދި ޒުވާނުން ތަރައްޤީކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ކޮންމެ ޤައުމީ ޓީމެއްގައި ކުޅުންތެރިންގެ އިތުރު ޕޫލެއް އުފެއްދުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަތީފަކީ އޭޝިއާގެ ވޮލީ ކޮންފެޑެރޭޝަން (އޭވީސީ) ގެ ނައިބު ރައީސްކަމާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް (ކާވާ) ގެ ރައީސްކަންވެސް ކުރައްވާ ބޭފުޅެކެވެ. ވީއޭއެމްގެ ރައީސްކަމަށް ލަތީފް އެންމެ ފުރަތަމަ އިންތިޚާބުވެފައި ވަނީ 2016 ވަނަ އަހަރުއެވެ.



