މާލޭގައި ސިލްސިލާ މާރާމާރީތައް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ އެމީހުން ކޯޓުން ދޫކޮށްލާފައިވަނީ ތަހުގީގު ބޭނުމަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުންނެވެ.
ދޫކޮށްލި މީހުންތަކުގެ ތެރޭގައި ނުރައްކާތެރި ކުށްތަކުގެ ކުށުގެ ރެކޯޑް އޮންނަ ބަޔަކުވެސް ހިމެނެއެވެ.
ސިލްސިލާ މާރާމާރީތައް ހިންގާކަމުގެ ތުހުމަތުގައި މި ފަސް މީހުން އިއްޔެ ދޫކޮށްލާފައިވާއިރު، ފަހަކަށް އައިސް މާލޭގައި ނުރައްކާތެރި މާރާމާރީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި ކޯރާޑިއާއި މަރުތޭލުންނާއި ވަޅިން މީހުންނަށް ހަމަލާ ދިނުން ވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި މިފަދަ މާރާމާރީތައް މިހާރު އިތުރުވެފައިވަނީ، މާލޭގައި އުޅޭ ދެ ގޭންގެއްގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަކާ ގުޅިގެންނެވެ.



