ސިނަމަން ދޮންވެލި ރިސޯޓް ކައިރީގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގެއްލިގެން ހޯދަނީ ފިރިހެން ފަތުރުވެރިއެކެވެ.
މި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މިހާދިސާގައި ގެއްލިގެން ހޯދާ ފަތުރުވެރިޔާ އާއި ބެހޭ މައުލޫމާތު އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.



