ހަމާސް ޖަމާއަތުން ހައްޔަރު ކޮށްފައިވާ އިޒްރޭލު ސިފައިންގެ ތެރެއިން ތިން މީހަކު މާދަމާ މިނިވަން ކުރާނެ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
އެ ޖަމިއްޔާއިން މިކަން އިއުލާނު ކޮށްފައިމިވަނީ، ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލައި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން އެއްބަސްވުމަށްފަހު ވެސް ފަލަސްތީނުގެ ރައްޔިތުން ގަތުލުކުރަމުން ދިޔުމާ ގުޅިގެން، އިޒްރޭލު ސިފައިން މިނިވަންކުރުން ވަގުތީގޮތުން ސަސްޕެންޑު ކުރުމަށްފަހުއެވެ.
ހަމާސްގެ އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް އިޒްރޭލުން ބުނެފައިވަނީ މާދަމާގެ ކުރިން އެ ތިން ސިފައިން މިނިވަން ނުކޮށްފިނަމަ ހަނގުރާމަ އަނެއްކާވެސް ފަށާނެ ކަމަށެވެ.
އިޒްރޭލުގެ އެ ނިންމުމަށް ތާއީދުކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެޓް ވަނީ އިޒްރޭލުގެ އެ ނިންމުމަށް ތާއީދުކޮށް ހަނގުރާމަ އަލުން ފެށުމަށް ގޮވާލާފައެވެ.
ހަމާސްގެ ތަރުޖަމާނު އަބްދުއްލަތީފް އަލް ޤަނޫ ބުނީ އެމެރިކާއާއި އިޒްރޭލުން މިހާރު ވާހަކަ ދައްކަނީ އެއްބަސްވުމާ މުޅިން އިދިކޮޅަށް ކަމަށެވެ.



