ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީ ގުޅިގެން ރާވާފައިވާ ޢުމްރާ ދަތުރުގެ ބައިވެރިން އިއްޔެ ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
މި ދަތުރުގައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމްޢިއްޔާތަކުގެ އިތުރުން، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، ސީއެޗްއެސްއީ، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ބައެއް ޒުވާން ޚަޠީބުން ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ.
މި މަހުގެ 14 އިން 21 އަށް ކުރިއަށްދާ މި ސްޓަޑީ ޓުއަރގައި ޢިލްމީ ޕްރޮގްރާމްތަކުގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީް ބުނެފައިވެއެވެ.
ހުސްވި އަހަރު އިސްލާމިކް މިނިސްޓްރީން ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ގޮތުން އިމާމުންނާއި ޚަޠީބުން ސަޢުދީ ޢަރަބިއްޔާގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި، އިންޑޮނޭޝިޔާއަށް ފޮނުވާފައިވެއެވެ.




