ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްސަކޮށް ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ”ރޯދަ ސާފު“ އިވެންޓުގައި މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވެސް ބައިވެރިވެއްޖެ އެވެ.
މި އިވެންޓަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓު އެންޑް ޕަބްލިކް ވޯކްސް ގުޅިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިއަދު ފަށާފައިވާ ޚާއްސަ އިވެންޓެކެވެ.
އެމްޑަބްލިޔުއެސްސީން މި އިވެންޓާ ގުޅޭގޮތުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޯދައަށް މާލެތެރެ ސާފު ކުރުމަށްޓަކައި ޓީމް އެމްޑަބްލިޔުއެސްސީން ވެސް މި އިވެންޓުގައި ބައިވެރިވެ، އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެވޭލާ ޒަމާނުން ފެށިގެން ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން މިއަދު ފެށި މި ހަރަކާތުގައި ވަރަށް ގިނަ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.



