މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައިގަނެ ނައްތާލައިދޭން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މިކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެފަދަ ތަކެތި އަހަރަކު ދެ ފަހަރު ގޭގެއިން ގެނެސް އެ އިދާރާއާ ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހަރަކާތުގެ ފުރަތަމަ ބުރުގައި އެފަދަ ލިޔުންތައް ހުންނަ ފޮތްތައް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ބާ މުސްޙަފްތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކައުންސިލުގެ ވޭސްޓު ސެކްޝަނުން ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ.




