ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭ އާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖު ފޮނުއްވާފައިވަނީ ލިތުއޭނިޔާގެ ރައީސް ޔިޓާނަސް ނައުސިއެދާ އާއި ބޮޑުވަޒީރު ޔިޓާނަސް ޕަލޫކަސް އަށެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި ލިތުއޭނިޔާގެ އިސްވެރިންނަށް ހެޔޮ އެދުންތައް ރައްދުކުރައްވާފައިވާ އިރު، އެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ. އަދި ލިތުއޭނިޔާގެ ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭ އަކީ އެ ޤައުމުގެ މިނިވަންކަމުގެ ޤަރާރުގައި ސޮއިކުރި ދުވަހެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 1918 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މިއީ ލިތުއޭނިޔާގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެކެވެ.



