ހަންޏާމީދޫގެ ނަން ސަރުކާރުގެ އިދާރާތަކުން ނުބައިކޮށް ލިޔަމުންދާތީ، އެ ރަށުގެ ނަން ރަނގަޅަށް ލިޔާނެ ގޮތް ހަންޏާމީދޫ ކައުންސިލުން މިއަދު އާންމުކޮށްފިއެވެ.
ކައުންސިލުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކުން ދަނީ ހަންޏާމީދޫގެ ނަން ތަފާތު ގޮތްގޮތަށް ލިޔަމުންނެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ކައުންސިލުން ވަނީ ހަންޏާމީދޫގެ ނަން ދިވެހި އަދި އިނގިރޭސި ބަހުން ލިޔަންވީ ރަނގަޅު ގޮތް ކަނޑައަޅައި އާންމުކޮށްފައެވެ.
ކައުންސިލުން އިތުރަށް ބުނީ މިއީ ”ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން“ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތް ކަމަށެވެ.



