އިލެކްޝަންސް ކޮމިޝަނު (އީސީ) ގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މި ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އެ ދެބޭފުޅުންގެ ނަން ފޮނުއްވީ، މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.
އީސީގެ ޤާނޫނަށް މިދިޔަ އަހަރު ގެންނެވި ބަދަލާ ގުޅިގެން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ދެ މަޤާމަށް ރައީސް ކަނޑައަޅުއްވާ ބޭފުޅުން އައްޔަނު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
މީގެކުރިން ޤަވާއިދު އޮތް ގޮތުންނަމަ، އީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގައި ވޯޓަކުންނެވެ.
އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބު ރައީސް ކަމުގެ މަގާމަށް ޢަބްދުއްޝަލާޙް އައްޔަނު ކުރެއްވުމަށް ރައީސް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރެއްވުމަށް ފޮނުވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
މި ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ދެ ބޭފުޅުންނަށް ރުހުން އޮތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.




