މި ފެށޭ ރަމަޟާން މަހު މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތްދޭ ވަގުތުތުތައް ވެމްކޯއިން އިއްޔެ އާއްމުކޮށްފިއެވެ.
ވެމްކޯއިން ބުނީ ކުނާ ނަގާ ގަޑިތަކަށް ގެނެވުނު ބަދަލަށް އަހުލުވެރިކުރުމަށް، ގަޑިތަކަށް ގެނައި ބަދަލު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެކަމަށެވެ.
އެގޮތުން ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 08:30 އިން ދަނވަރު 02:30 އަށެވެ. ނަމަވެސް ރަމަޟާން މަހަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމަށް، ގަޑިތަކަށް މި ގެންނަ ބަދަލު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ތަންފީޒުވާން ފަށާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އެހެންކަމުން މިމަހުގެ 23 ވަނަ ދުވަހުން ފަށައިގެން ކުނި ނެރެންވާނީ، ބަދަލު ގެނެވުނު ގަޑިތަކަށް ސަމާލުކަންދީގެންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ކުނި ނަގާ ވަގުތުތަކަށް ވެމްކޯއިން ބަދަލުތަކެއް ގެނެއެވެ.



