ފިޔާ ލިބުން ދަތިވުމާ ގުޅިގެން، ހޯލްސޭލަރުންނަށް ފިޔާ ވިއްކާ ލިމިޓު އުވާލައިފި އެސްޓީއޯ އިން އުވާލައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި އެ މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓެންޓު ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވީ ފިޔާ ގެންނަ ގައުމުތަކުގެ ސަޕްލައި މަދުވުމާ ގުޅިގެން ހުސްވި ޑިސެމްބަރު މަހު ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވި ކަމަށެވެ.
އެހެންކަމުން އެ މިނިސްޓްރީން ބާޒާރު ތެރެއަށްވަދެ، އެސްޓީއޯ މެދުވެރިކޮށް ފިޔާގެ ޝިޕްމެންޓުތަކެއް ގެންނަން ފަށާފައިވާ ކަމަށް ނަޝްވާ ވިދާޅުވި އެވެ. އެގޮތުން ހުސްވި ޑިސެމްބަރުން ފެށިގެން އެސްޓީއޯއިން ފިޔާގެ 6 ޝިޕްމެންޓެއް ގެނެސް ބާޒާރަށް ނެރެފައިވާކަން އެ މިނިސްޓްރީން ހިއްސާ ކުރި ޕްރެޒެންޓޭޝަނުން ދައްކާފައިވެއެވެ.
”އަދި މިހާރުވެސް އިތުރަށް ގެންނަމުން ދަނީ، އެއާ އެކު އެސްޓީއޯއިން ހޯލްސޭލަރުންނަށް ވިއްކާ ލިމިޓުވެސް ވަނީ އުވާލާފައި“ ނަޝްވާ ވިދާޅުވިއެވެ.
އެ ލިމިޓު އުވާލުމުން ފިޔާގެ އަގު ދަަށަށް ގޮސްފައިވާކަން މިނިސްޓްރީން ހިއްސާކުރި ގްރާފުން ދައްކަ އެވެ.




