ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ލަންކާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރު އެމްއެޗް ވިޖީތާ ހެރަތުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޑރ. ހަލީލު، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އަދި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ އާއި ބައްދަލުކުރައްވާ އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ލަންކާގެ ފޮރިން މިނިސްޓަރާއެކު ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގައި ޑރ. ހަލީލު، ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި އަދި ލަންކާގެ އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކާވެސް ބައްދަލުކުރެއްވާނެ އެވެ.




