މާލެ ސިޓީގައި ހުންނަ ސްޕާއެއްގައި ހިނގި މާރާމާރީއެއްގެ ހާދިސާއާ ގުޅިގެން ބަނގްލަދޭޝްގެ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ އާއި ގުޅިގެން އްޔަރުކޮށްފައި ވަނީ 34 އަހަރުގެ ސޮހެލް މިއާ އެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ސޮހެލްގެ މައްޗަށް ކޮށްފައި ވަނީ ސްޕާއިން ޚިދުމަތް ހޯދުމަށްފަހު އެތަނުގެ މުވައްޒަފަކާ ދެކޮޅަށް މާރާމާރީ ހިންގިކަމުގެ ތުހުމަތެވެ.
ބަންދު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާ ލިބުނު ފަރާތުގެ ކަރު ރަތްވެފައި ހުރި ނަމަވެސް މީހަކަށް އަނިޔާކުރި ކަމަށް ސޮހެލް މިއާ ވަނީ އިންކާރުކޮށްފައެވެ.



