އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭ ގޮތަށް ކަނޑައަޅައި ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު 14 ވަނަ އިސްލާހުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ އެލަވަންސް ނުލިބޭ ކޮންމެ މެންބަރަކަށް، ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި އިސްލާހުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް ބަޔާންކޮށް، ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައްވެސް ހިމަނާފައިވެއެވެ.
މި އިސްލާހު ރައީސް މިއަދު ތަސްދީގުކުރެއްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއި ގުޅިގެން މިހާރު ވަނީ މިއިސްލާހަށް ވަނީ އަމަލުކުރަން ފަށާފައެވެ.



