ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ދަށުން މޯލްޑިވްސް މޮނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ޤަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރުކަޒީ ބޭންކުން އެކުލަވާލި އެ ޤަވާއިދަށް އަމަލުކުރުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ.
އެގޮތުން އެ ޤަވާއިދުގެ ޑްރާފްޓެއް އެމްއެމްއޭއިން އިއްޔެ ވަނީ ގެޒެޓުކޮށް، އެއަށް ހިޔާލު ހޯދުމަށް ހުޅުވާލައިފައެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި އެ ޤަވާއިދުގެ މައިގަނޑު މަޤުސަދުތަކަކީ ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުން އަދި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ އިތުރުން މި ކަމާ ގުޅުން ހުރި އެހެނިހެން ކަންކަމާ ބެހޭ އުސޫލުތަކާއި އިޖުރާއަތު ކަނޑައެޅުމެވެ.
ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ޑްރާފްޓަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހިޔާލު ހުށަހެޅުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.
އެގޮތުން ހިޔާލު ހުށަހެޅުމަށް އީމެއިލް ކުރާނީ foreignexchange@mma.gov.mv ކަމުގައި ވެސް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.


