ކުރިއަށް އޮތް ރަމަޟާން މަހަށް ހަނދު ބެލުމުގެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއުލާން ކޮށްފައިވާ ގޮތުގައި، ރަމަޟާން މަހާ ގުޅޭ ގޮތުން ވަކި ނިންމުމަކަށް އާދެވެންދެން، މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރާއްޖޭގެ އެކި ރަށްރަށުގެ ކޯޓުތަކާއި، ރަށު އަދި އަތޮޅު ކައުންސިލްތަކުގެ އިދާރާތައް ހުންނާނީ ހުޅުވާފައެވެ.
މީގެ އިތުރުން، ހަނދު ފެނިއްޖެ ނަމަ، ހަނދު ފެނުނު އުސްމިނާއި މިސްރާބުގެ އިތުރުން އެހެނިހެން މުހިންމު މަޢުލޫމާތުތައް ވެސް ހިއްސާކުރުމަށް ޑީޖޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކަލަންޑަރުގައި ފާހަގަކޮށްފައިވާ ގޮތުން، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރިޗު މަހުގެ 1 ވަނަ ދުވަހެވެ.




