ހދ. ކުޅުދުއްފުށީގައި ސިހުރު ހަދާކަމަށް ޝައްކު ކުރެވޭ މައްސަލައަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށީގައި ސިހުރު ހަދާަކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން އެ ރަށުގެ 10 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.
ކުޅުދުއްފުށީގައި ފުލުހުންގެ މި އޮޕަރޭޝަން ކުރިއަށްގެންދާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ރ. އަތޮޅުގައި ވެސް ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގެ 12 ގެއެއް ބަލައި ފާސްކޮށްފައެވެ.



