ކުޅުދުއްފުށި ސިޓީގައި މިއަދު ކުރިއަށް ގެންދިޔަ ސިހުރު އޮޕަރޭޝަންގައި 8 ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ސާމާނު ހޯދައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފެބްރުއަރީ 20 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީ ޕޮލިސް އިން ކުރިއަށް ގެންދިޔަ ސިހުރު 2025 އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ
މީގޭތައް ބަލައި ފާސްކުރުމުގެ ތެރޭގައި މީގެތެރެއިން 8 ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކުމާއި ފޮތާއި އަދި ސިހުރު ހެދުމަށް ބޭނުން ކުރާ އެކި ކަހަލަ އާލާތްތައް ފެނިގެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




