ދިވެހިބަހުގެ އެކަޑަމީން 72 އާ ލަފުޒަކާއި ލަފުޒުގެ މާނަ ފާސްކޮށްފިއެވެ.
ދިވެހިބަހުގެ އެކަޑަމީން އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި 72 އާ ލަފުޒާއި އޭގެ މާނަތަކަކީ 2024 ވަނަ އަހަރު އެކަޑަމީގެ ބަސްކޮމިޓީން އުފައްދަވާފައިވާ ލަފުޒުތަކެކެވެ.
މި އައު ލަފުޒުތަކުގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ލަފުޒުތަކުގެ ތެރޭގައި:
– ”ކީވޯޑް“ އަށް: ފާހަގަލަފުޒު
– ”ވިޝަން“ އަށް: މަރެސް
– ”ސުހޫރު“ އަށް: ހާރު (ކުރިން ހާރުގެ ގޮތުގައި ބޭނުންކުރެވެމުން އައި ލަފުޒު)
އަދި މީގެ އިތުރުން، މިހާރުވެސް ބޭނުންކުރެވެމުންދާ ބައެއް ބަސްތައް ރަސްމީކޮށް ފާސްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް ”އިމަޖެންސީ“ މިހާރުވެސް ބޭނުންކުރާ ގޮތަށް ހަމަ ”އިމަޖެންސީ“ ގެ ގޮތުގައި ފާސްކޮށްފައިވެއެވެ.



