ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ބިދުޢައެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މާހެފުމަކީ ދިވެހިންގެ އިޖްތިމާޢީ އާދައެއްގެ ގޮތުގައި އޮތް ކަމެއްކަމަށާއި، އެއީ ދީނީ އަޅުކަމެއްގެ ގޮތުގައި ކުރާ ކަމަކަށް ނުވާތީ ބިދުޢައެއްގެ ގޮތުގައި ނުބެލެވޭނެކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މާހެފުމުގެ ތެރޭގައި ޝަރުޢީގޮތުން މަނާކުރެވިފައިވާ ކަމެއް ނުކުރާހާ ހިނދަކު އެއީ ހުއްދަ ކަމެއްކަމަށާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާޙައުލު ސާފުކޮށް ޒީނަތްތެރިކުރުމަކީވެސް ރިވެތި އާދައެއްކަމަށެވެ.
ރަމަޟާން މަހަށް އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ އިޚްލާޞްތެރިވެ، މަޢާފުކޮށް، ތައުބާވެ، އަޅުކަމަށް ތައްޔާރުވުމުންކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއްކެއް ކަމަށެވެ.


